

ދުޅަހެޔޮ ކަނޑުފަޅުތައް،
ފާގަތި މުޖުތަމަޢުއެއް
ނޫ ރާއްޖޭގެ
ތައާރަފު
ނޫ ރާއްޖެއަކީ ކަނޑުފަޅުގެ ހިމާޔަތްކޮށް ރައްކާތެރިކުރުމާއިއެކު، ދިވެހި މުޖުތަމައަށާއި، އިގްތިޞާދަށް ފަހި މުސްތަޤްބަލެއް ކަށަވަރު ކޮށްދިނުމަށްޓަކައި ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ކުރިއަށްގެންދާ ޕާރޓްނަރޝިޕް ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގެ ތެރެއިން ދިވެހި ރާއްޖޭގައި ކަނޑުފަޅާއި ގުޅޭ ސައިންސް ކުރިއެރުވުމަށްޓަކައި ދިރާސާތައްކުރެވި، ތައުލީމު ފޯރުކޮއްދީ، ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއިއެކު، ޤާބިލުކަން އިތުރުކޮށް، މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި ދިވެހި ސައިންސްވެރިންނާއި މަދަނީ ޖަމްޢިއްޔާތަކާއެކު މަސައްކަތްކޮށް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
އަޅުގަނޑުމެންނަކީ
ކޮން ބައެއް؟
ނޫ ރާއްޖެއަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި ގުޅިގެން ދިވެހި ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދެވެނީ ކަނޑުފަޅުތައް ހިމާޔަތްކުރުމުގެ ހަރުދަނާ ސްޓްރެޓެޖީތަކެއް އެކުލަވާލައި ދެމެހެއްޓެނިވި ނޫ އިޤްތިޞާދުތައް ބިނާކުރުމުގެ ވަށާޖެހޭ މަސައްކަތްތައް ފުރިހަމަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖަމްޢިއްޔާތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ގުޅިގެންނެވެ.
މަސައްކަތުގެ
ދާއިރާތައް

ނޫ އިޤްތިޞާދު

ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން އެކުލަވައިލުން

ދެމެހެއްޓެނިވި މަސްވެރިކަން
